[މަރުވިއްޔާ ޝަރަފުގައި މަރުވާނަން، މަރުވާވަރަށް ވެސް ލޯބިވޭ؛
މޮޔަވިއްޔާ އަސަރުގައި މޮޔަވާނަން، މޮޔަވާވަރަށްވެސް ލޯބިވޭ.]
އެއީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިއެވެ. ޝާހިދާއި ނަޒާހާގެ އަސަރުގަދަ ލޯބި ކައިވެނީގެ ގުޅުމަކަށް ބަދަލުވެގެން ދިޔައެވެ. އުފަލާއި ހިތްހަމަޖެހުމާއި ފޮނިކަމާ އެކީގައެވެ. އަބަދުގެ އަބަދަށް ޓަކައެވެ. ލޯބީގެ އެފޮނި މީރު ރަހަ ހިތި ޒަހަރަކަށް ވެ ޝާހިދުގެ ފުރާނަ ހިފައިގެންދާނެކަން އެއިރު އެނގޭނީ ކާކަށް ހެއްޔެވެ؟
މިދިޔަ އަންގާރަދުވަހުގެ މެންދުރުފަހު 3.20 ވީ ވަގުތެވެ. ތެޅެމުން ފޮޅެމުން، ދެލޯބޮޑުވެ، ހާސްވެ ނޭވާނުލެވޭ ހާލަތުގައި ހުރި މީހަކު މާލޭގެ ހަދީބީމަގުގައި ހުންނަ އަލްމާޓް ފިހާރައަށް ވަނެވެ. އޭނާގެ ބުރަކަށިން ހޯސްލާފައި ލޭ ފައިބައެވެ. ލައިގެންހުރި އަތްދިގުގަމީހާއި ދޫ ޖީންސްވަނީ ލެއިން ތަތްތެޅިފައެވެ. އަނގައިން ފިޔާތޮށިކުލައިގެ ފޮނު އާދެއެވެ. އެމީހަކީ ޝާހިދެވެ. ނަޒާހާ ވަޅީން ހަމަލާދިންކަމަށް ބުނެ، ފުލުހުންނަށް ރިޕޯޓްކޮށްދޭށޭ ޝާހިދު ބުންޏެވެ. އިރުކޮޅަކުން އެއޮއް ބިޔަމީހާ ހޭހުސްވެގެން ވެއްޓިއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޑޮކުޓަރުން ބުނި ގޮތުގައި ޝާހިދުގެ ބުރަކަށްޓަށް ވަނީ ވަރުގަދަ ބާރާއިކު ވަޅިއެއް ގޯޅާލައިފައެވެ. ވަޅިތިލަ ވަދެގެން ދިޔަ ބާރުގައި ފުއްޕާމޭ ފޫއަޅުވާލައި މޭމަތިން ބޭރށް ނުނުކުމެ ހުރީ ކިރިޔާއެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލޭ ހުސްވުމުގެ ސަބަބުން ޝާހިދުގެ ބްލަޑް ޕްރެޝަރާއި ވިންދު ނޭގެއެވެ. ދާދި ކުޑަ ހިދުކޮޅެއްގެ ތެރޭގައި އޭނާގެ ފުރާނަ ހިނގައްޖެއެވެ.
ޝާހިދާއި ނަޒާހާގެ ލޯބި ހިތިވޭނަކަށް ވީ ކިހިނެއްކަމެއް އެނގޭނީ ހަމައެދެމީހުންނަށެވެ. އެހެނަސް ރައްޓެހިން ބުނާގޮތުގައި މިކަމުގެ އެއް ސަބަބަކީ އުމުރުގެ ތަފާތެވެ. ކައިވެނި ކުރިއިރުވެސް ޝާހިދުއަކީ 31 އަހަރުގެ [ހަރު] މީހެކެވެ. އަނެއްކޮޅުން ނަޒާހާއަކީ އެއްމެ 18 އަހަރުގެ ޒުވާން ކުއްޖެކެވެ. އޭނާ ދެކެމުން ދިޔައީ އުފާވެރި މަޖާ ދިރިއުޅުމެއްގެ ހުވަފެންތަކެކެވެ. ބޭނުންވަނީ ހިފެހެއްޓުމެއްނެތް ހަލުއި ލައިފެކެވެ. ދިރިއުޅުމުގެ މަޒާ އެއްމެ ފުރިހަމަގޮތުގައި ހޯދާށެވެ. ކުދިން ހޯދައި ގެވެށި ދިރިއުޅުމެއް ބިނާކުރާކަށެއް ނޫނެވެ. ނަޒާހާގެ އުމުރުން އެއްމެ 19 އަހަރުގައި ބަލިކުއްޖަކު ލިބި އޭނާ ބަލަން ޖެހުމީ ނަޒާހާ ބޭނުންވާ އުފާވެރި މަޖާ ދިރިއުޅުމަށް އެޅުނު ހުރަހެކެވެ.
[ކަނޑުގަދަ ތަޖުރިބާގިނަ ދަތުރެއްމީ، އަޑުއުފުލަން ކިހާމޮޅު ވައުދެއްމީ؛
ކަނޑުވަންޏާ ކަނޑަށްވެސް އެރިފާނަން، ކަނޑުވާވަރަށް ވެސް ލޯބިވޭ.]
ޝާހިދާއި ނަޒާހާއާ ދެމެދުގައި މައްސަލަ ޖެހެން ފެށީ ނަޒާހާގެ މިޒާޖުގައި ހުންނަ [ހިތް ހެޔޮ، ރަހުމަތްތެރި] ކަމުގެ ސަބަބުން ނެވެ. އެކަމުން ޝާހިދުގެ ހިތުގައި ޖެލަސްވުމާއި ޝައްކުގެ އަލިފާން ތަކުރާރުކޮށް އަނދަމުން ދިޔައެވެ. އެ ޝުއޫރުތައް މާރާމާރީއަށް ބަދަލު ވެފައިވަނީ ވެސް މަދެއްކޮށެއް ނޫނެވެ. ނަޒާހާގެ ރައްޓެހިންނަށް އެމާރާމާރީތަކުގެ ޒަހަމްތައް އޭނާގެ މޫނުމަތިން ފެނިފައިވަނީވެސް މަދެއްކޮށް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެއްމެ 3 އަހަރުގެ ތެރޭގައި އެދެމަފިރިން ތިންފަށްވިއެވެ.
ތިންފަށް ވެގެން ދިޔައިރުވެސް ޝާހިދާއި ނަޒާހާގެ ލޯތްބަކަށް ފަނޑުކަމެއް ނާދެއެވެ. ދިރިއުޅުމަކަށްވެސް ބަދަލެއް ނާދެއެވެ. އެކީގައި ވަގުތު ހޭދަކުރެއެވެ. އެކީގައި ޗުއްޓީއަށް ދެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ޖެލަސްވުމާއި ޝައްކުގެ ސިލްސިލާވެސް ބަރާބަރަށް ކުރިޔަށް ދިޔައެވެ. ޝާހިދު ދިޔައީ ނަޒާހާގެ ލައިފް ކޮންޓަރޯލް ކުރަން އޭނާއަށް ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ. އެކަމަށްޓަކައި އޭނާ ބޭނުންކުރީ ނަޒާހާގެ ބަލިފައެވެ. ނަޒާހާގެ ނިކަމެތިކަމެވެ.
ޝާހިދު ނަޒާހާއަށް ކުރަމުންދާ ދީލަތި ޚަރަދުތަކުން ނަޒާހާ ދިޔައީ ބަނދެވެމުންނެވެ. ދުރަށް ނުދެވޭވަރަށެވެ. އެހެނަސް ނަޒާހާއަކީ އެގޮތަށް އަކަކަށް ބަނދެވިގެން ކޮށްޓެއްގައި އިންނަ ލަވްބާރޑެއްގެ ލައިފް އުޅެން ބޭނުންވާ މިޒާޖުގެ ކުއްޖެއް ނޫނެވެ. އެހެންވެ އޭނާ ޝާހިދުގެ އަމަލުތަކަށް ނަފްރަތު ކުރަމުން ކިޔައެވެ.
[ދަތިހާލަށް މިތާ ކެތް ކުރެވޭނޭ، ކަތިލާކަށެއް ހިތެއްވެސް ނުރުހޭނޭ؛
ކަތިލަންޏާ މިހިތްވެސް ކަތިލާނަން، ކަތިލާވަރަށްވެސް ލޯބިވޭ.]
ޝާހިދަކަށް ނަޒާހާ އޭނާ ދެކެ ނަފުރަތު ކޮށްފާނެކަމަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވެއެވެ. ވަރަށް ސީދާ ބަހުން ދެން ނަޒާހާމެންގެއަށް އައިސް އުނދަގޫކުރާނަމަ [މަރާލާނަމޭ] ބުނީމާވެސް ޝާހިދު ނަޒާހާގެ ބަސް ސީރިޔަސް ކޮށެއް ނުނަގައެވެ. އެހިސާބުން ނަޒާހައަށް ޝާހިދުގެ ކިބައިން މިންޖުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އިހުސާސް ކުރެވުނެވެ.
ޝާހިދާއި ނަޒާހާއާ ދެމެދު ޖެހުނު އެއްމެ ފަހުގެ މައްސަލަޖެހުނީ ދަރިފުޅު ޒަކްއާއި ނަޒާހާ ހަވާލުނުވުމުންނެވެ. މައްސަލަ ކޯޓަށް ހުށަހެޅީމާ ނަޒާހާ ކޯޓަށްވެސް ނުދިޔައީއެވެ. އުމުރުގެ އެއްމެ ފަހުފަހަރު ޝާހިދު އޭނާ އެއްމެ ލޯބިވި ނަޒާހާ ދެކެން ދިޔައީ އޭނާ ކޯޓަށް ނުދިޔަ ސަބަބެއް އޮޅުން ފިލުވާށެވެ. ދެން ވީގޮތެއް އެވީއެވެ. 10 މިނިޓް ފަހުން ޝާޑް ނަޒާހާމެންގެއިން ނުކުތީ މަރުވަމުންނެވެ.
ރައްޓެއްސެއް ކައިރީގައި ޝާހިދު ބުނިގޮތުން އޭނާ އަބަދުވެސް އެއްމެ ލޯބިވަނީ ނަޒާހާދެކެއެވެ. އެކަން މިހާރު އެއޮތީ ސާބިތުވެސް ވެފައެވެ. އެލޯތްބަށްޓަކައި ޝާހިދުވަނީ އޭނާގެ ފުރާނަ ގުރުބާން ކޮށްފައެވެ.

No comments:
Post a Comment